03 Dec 2018, 18:25
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ސިޔާސީ މަގުސަދެއް ހާސިލުކުރުމަށްޓަކައި ވަޒީފާ އިން ވަކިކުރި މީހުންނަށް ޝަކުވާ ހުށަހެޅުމަށް ރައީސް އޮފީހުން ފުރުސަތު ހުޅުވާލައިފިއެވެ.
ރައީސް އޮފީހުން މިރޭ ބުނީ، މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެފަދަ ޝަކުވާތައް ރައީސް އޮފީހަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އަދި ޝަކުވާ ހުށަހެޅުމަށް ހާއްސަ ފޯމެއްވެސް އެ އޮފީހުން މިއަދު ވަނީ ތައާރަފް ކޮށްފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ޝަކުވާ ހުށަހަޅާ ފޯމު ރައީސް އޮފީހުގެ ރިސެޕްޝަނުންނާއި އަދި އެ އޮފީހުގެ ވެބްސައިޓުން ލިބެން ހުންނާނެ އެވެ.
ނިމިދިޔަ ސަރުކާރުގައި ވަކި ސިޔާސީ ޕާޓީއަކަށް ތާއީދު ކޮށް ނުވަތަ ތާއީދު ނުކޮށްގެންނާއި ސިޔާސީ ޕާޓީތަކުގެ ޖަލްސާތަކަށް ނުދިޔުމުގެ ސަބަބުން ސަރުކާރު މުވަށްޒިފުން ވަޒީފައިން ވަކިކޮށް، ބައެއް ފަރާތްތަކާ މެދު ނުޙައްޤުން ފިޔަވަޅު އަޅައިފައިވާ ކަމަށް އޭރު އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެއެެވެ.