03 Dec 2018, 18:40
ހާއްސަ އެހީ އަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ، ގޭގެއަށް ޒިޔާރަަތްކޮށް އެ ފަރާތްތަކުގެ ހާލު ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ބައްލަވާލައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ، ނައިބު ރައީސް ފައިސަލް މިއަދު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ދިރިއުޅޭ، މާލެއާއި ހުޅުމާލޭގެ ގެތަކަށް ޒިޔާރަތް ކުރި ކަމަށެވެ.
މި ޒިޔާރަތަކީ ބައިނަލްއަގްވާމީގޮތުން ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަ ކުރުމަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސާވިސަސްގެ ފަރާތުން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރޭގައި ހިމެނިގެން އެމަނިކުފާނު ކުރެއްވި ޒިޔާރަތެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ބައިނަލްއަޤްވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހަކީ ޑިސެމްބަރު މަހު ތިން ވަނަ ދުވަހެވެ.