ކާބުލް (ސެޕްޓެމްބަރ 29): އެމެރިކާ ސިފައިންގެ ފަސް މީހަކު އަފްޣާނިސްތާނުގައި މަރާލައިފި އެވެ.
އެ ފަސް މީހުންގެ ތެރެއިން ތިން މީހުން މަރާލާފައި ވަނީ އަފްޣާނިސްތާނުގެ އުތުރުގައި ބޮންތަކެއް ގޮއްވާލައިގެންނެވެ. އަނެއް ދެ މީހުން މަރާލާފައި ވަނީ އަފްޣާނިސްތާނުގެ މެދުތެރޭ ސަރަޙައްދެއްގައި ދިން ބަޑީގެ ޙަމަލާތަކެއްގަ އެވެ.
މި ފަސް މީހުންނާ އެކު މި އަހަރު އަފްޣާނިސްތާނުގައި މަރާލެވުނު ނޭޓޯ ސިފައިންގެ ޢަދަދުވަނީ 429 އަށް އަރާފަ އެވެ. މަރާލެވުނު ނޭޓޯ ސިފައިންގެ ތެރެއިން 90% މީހުންނަކީ އެމެރިކާ ސިފައިންނެވެ. އަފްޣާނިސްތާނުގައި އެމެރިކާ ސިފައިންގެ ފަސް މީހުން އިއްޔެ މަރާލާފައި ވަނީ އެ ޤައުމުގެ ސަލާމަތީ ކަންތައްތައް ކުރިޔަށްވުރެ ގޯސްވަމުންދާ ކަމުގެ އިންޒާރު އދ. ން ދީފައިވަނިކޮށެވެ.
އެމެރިކާ ސިފައިން ގެންދަނީ 2014 ވަނަ އަހަރު ނިމުމުގެ ކުރިން އަފްޣާނިސްތާނުން ފޭބުމަށް މަސައްކަތްކުރަމުންނެވެ. (އަލްޖަޒީރާ)