އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުވެސް މިދުވަސްވަރު ޑެންގީ ހުން ފެތުރިދާނެތީ ސަމާލުވެ ރައްކާތެރިވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ގޮވާލައިފިއެވެ.

އެޗްޕީއޭއިން މިއަދު ނެރުނު ބަޔާނުގައި ބުނީ މަދިިރި އާލާވާ ތަންތަން ނައްތާލުމަށް މުއައްސަސާތަކުގެ އިތުރުން ފަރުދީ ފެންވަރުގައިވެސް މަސައްކަތް ކުރަން ޖެހޭނެ ކަަމަށެވެ. އަދި ޑެންގީ ބަލިޖެހިގެން މަރުވާ މީހުން އެންމެ ދަށް ކުރެވޭނީ މަދިިރި އުފެދޭ ތަންތަން ނައްތާލައި އެބައްޔާ ބެހޭ ގޮތުން ހޭލުންތެރިކަން އިތުރުކޮށްގެން ކަމަށް އެ ބަޔާނުގައިވެއެވެ.

ޑެންގީ ހުމުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތައް

  • ގޭތެރޭގައި ފެން ހަރުލާ ތަންތަން ހަފްތާއަކު އެއްފަހު ނައްތާލުން ނުވަތަ ފެން ހުސްކޮށް ސާފުކުރުން
  • މަގުމައްޗާއި ވައިގޮޅިއާއި ގޮތިތެރޭގައި ހުންނަ ތަންތަނަށް ކުނި ނާޅައި ކުނިއަޅަން ހުންނަ ހާއްސަ ޑަސްބިންތަކަށް ކުނިއަޅައި އަދި ޑަސްބިންތަކަށް ފެން ނޭޅޭގޮތަށް މަތި ބަންދުކުރުން
  • މަދިރިން ނިވާވާ ގޮތަށް ހަށިގަނޑު ނިވާކޮށް މަދިރި ލޯޝަން ފަދަ ތަކެތި ބޭނުން ކުރުން
  • މަދިރިއަށް ނުވަދެވޭ ގޮތަށް އިރުއަރާ ވަގުތާއި އަދި އިރުއޮއްސޭ ވަގުތު ގޭގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުން