03 Dec 2018, 13:43
މަރުގެ މައްސަލަތައް ބެލުމަށާއި ކޮރަޕްޝަނުގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވާލި ކޮމިޓީތަކަށް ގާނޫނީ ބާރުވެރިކަން ދިނުމަށް މަޖިލީހަށް ހުށަހެޅި ބިލާ ދެކޮޅަށް ޕީޕީއެމްގެ މެމްބަރުން މަޖިލިސް ތަޅުމުގައި އިހުތިޖާޖު ކުރަން ފަށައިފި އެވެ.
މަޖިލީހުގެ ރިޔާސަތުގައި އިންނަވާ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވީ އެ ބިލުގައި ގާނޫނު އަސާސީއާ ހިލާފު އެއްވެސް ކަމެއް ނެތް ކަމަށް މަޖިލީހުގެ ކައުސިލްޖެނެރަލް ވިދާޅުވެފައިވާ ކަމަށެވެ.
ޕީޕީއެމްމަށް ނިސްބަތްވާ މެމްބަރުން ދަނީ މަޖިލީހުގެ ތަޅުމުގައި ކޮޅަށް ތެދުވެ ރިޔަސަތު މޭޒު ކުރިމަތީގައި ތިބެ އަޑުގަދަ ކުރަމުންނެވެ.