ސަރުކާރުގެ މައި ހޮސްޕިޓަލް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ ސީއީއޯގެ މަގާމަށް ބަންދު އިބްރާހިމް ސަލީމް (ކުޑަ ބަންދޭ) ހަމަޖައްސައިފި އެވެ.

ބަންދު ސަލީމް އައިޖީއެމްއެޗުގެ ސީއީއޯގެ މަގާމަށް ހަމަޖައްސާފައި ވަނީ އިއްޔެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

އެ ހޮސްޕިޓަލުގެ ސީއީއޯގެ މަގާމުގައި އެންމެ ފަހުން ހުންނެވީ ބްރިގޭޑިއާ ޖެނެރަލް (ރޓޑ) ފަރުހަތު ޝަހީރެވެ.

ބަންދު ސަލީމަކީ މީގެ ކުރިން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ބޯޑުގެ ޗެއާމަންކަން ކުރެއްވި ބޭފުޅެކެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގުން ޖީއެމްއާރު ކުންފުންޏަށް ހަވާލުކުރި އިރު އެމްއޭސީއެލްގެ ޗެއާމަންކަމުގައި ހުންނެވީ ސަލީމެވެ.