29 Sep 2011, 15:47
ސަރުކާރުތަކުގެ އިދާރީ ކަންތައްތައް ހަރުދަނާކޮށް ކުރިއަރުވަން މަސައްކަތްކުރާ، އޭޝިއަން ގްރޫޕް އޮފް ޕަބްލިކް އެޑްމިނިސްޓްރޭޝަން (އޭޖީޕީއޭ)ގެ 2012 ވަނަ އަހަރުގެ އަހަރީ ބައްދަލުވުން ރާއްޖޭގައި ބާއްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ސިވިލް ސާވިސް ކޮމިޝަން ]ސީއެސްސީ[ އިން ބުނެފި އެވެ.
އަންނަ އަހަރުގެ މޭ މަހު ބާއްވާ އެ ބައްދަލުވުން ރާއްޖޭގައި ބާއްވަން ނިންމީ ސިވިސް ސާވިސް ކޮމިޝަނާއި ސަރުކާރާއި އަދި އެ ޖަމްއިއްޔާގެ ކަންތައްތައް ރާވާ ޗައިނީޒް އެކަޑަމީ އޮފް މެނޭޖްމަންޓް ސައިންސަސްއާ އެކު ކުރިއަށް ދިޔަ މަޝްވަރާތަކަކަށް ފަހު ކަމަށް ސީއެސްސީ އިން ބުންޏެވެ.
އޭޖީޕީ އަކީ އިންޓަނޭޝަނަލް އިންސްޓިޓިއުޓް ޓު އެޑްމިނިސްޓްރޭޓިވް ސައިންސަސް (އައިއައިއޭއެސް)ގެ މި ސަރަހައްދުގެ ގޮތްޕެވެ.
އައިއޭއެސްގެ ފުރަތަމަ އަހަރީ ބައްދަލުވުން ބާއްވާފައި ވަނީ މި އަހަރުގެ މޭ މަހު ޗައިނާގެ ބެއިޖިންގައި އޭޝިޔާގެ 14 ގައުމާ އެކު އެވެ. ރާއްޖޭގެ ފަރާތުން އެ ބައްދަލުވުގައި ބައިވެރިވީ ސީއެސްސީގެ ރައީސް މުހަންމަދު ފަހުމީ ހަސަނެވެ.