އުމުރުން ދުވަސްވީ މީހަކު ގދ. ފިޔޯރީ ޖެޓީ މަތިން ވެއްޓި މީހަކު ނިޔާވެއްޖެއެވެ.

ފިޔޯރީ ކައުންސިލްގެ ނާއިބު ރައީސް މުހައްމަދު ސައީދު ވިދާޅުވީ އެ ހާދިސާގައި މަރުވެފައި ވަނީ ސާމީ އަހްމަދު (ސާމިޔާ ބެއްޔާ) ނަމަކަށް ކިޔާ މީހަކު ކަމަށެވެ. ނަމަވެސް އޭނާގެ އުމުރު އަދި ނޭނގެ އެވެ.

އަދި އެ ހާދިސާ ހިނގީ އެ ރަށަށް އެ އަތޮޅު ތިނަދޫއިން ގެނައި ކާޑުގެ ބާވަތްތަކެއް ވިއްކަން ފެށުމުން އެ ތަނަށް ގިނަ ބަޔަކު ޖަމާވެފައި ވަނިކޮށް ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

"ވަރަށް އަގު ހެޔޮކޮށް ކާޑުގެ ބާވަތްތައް ވިއްކަމުން ދިޔައީ. އެހެންވެ ގިނަ ބަޔަކު އެއްވީ. ދެން ސާމިޔާ ބެއްޔާ ވެއްޓުނީ އެ ދޯންޏާ ޖެޓީގެ ދެމެދަށް ކައްސާލައިގެން މޫދަށް. އޭނާ ވެއްޓުމުން ހޮސްޕިޓަލަށް ނަގައިގެން ދިޔަތާ 45 މިނެޓް ތެރޭ މަރުވެއްޖެ،" ސައީދު ވިދާޅުވި އެވެ.

އެ ހާދިސާ ހިނގީ މިރޭ 8:00 އެހައިކަންހާއިރު ކަމަށް ސާމީ ވިދާޅުވި އެވެ.

އެ ހާދިސާއާ ގުޅިގެން ފުލުހުންގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.