02 Dec 2018, 17:46
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ސިވިލް ސާވިސް ކޮމިޝަން ގެ މެމްބަރު ކަމަށް ފާތިމަތު އާމިރާ އައްޔަން ކުރައްވައިފިއެވެ.
ސިވިލް ސާވިސް ކޮމިޝަންގެ މެންބަރު ކަމަށް އައްޔަން ކުރެއްވުމުގެ ކުރިން ކޮމިޝަންގެ މެންބަރު ކަމުގެ ހުވައި، ފާތިމަތު އާމިރާ ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ކުރެއްވިއެވެ. މެންބަރު ކަމުގެ ހުވައި ލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފެވެ.
ހުވާކުރެއްވުމާއެކު ރައީސުލްޖުމްހޫރިއްޔާ ވަނީ ސިވިލް ސާވިސް ކޮމިޝަނަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން އާމިރާއާ ހަވާލު ކުރައްވާފައެވެ.
އެ ކޮމިޝަންގެ މެމްބަރު ކަމަށް އާމިރާ އައްޔަން ކުރުމަށް ފާސްކުރީ މިދިޔަ މަހުގެ 28 ވަނަ ދުވަހުގެ ރޭ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ.