02 Dec 2018, 13:04
ބަތަލާ ނޯރާ ފަތެހެއި ހިމަނައިގެން "ސިރްފް ތުމް"ގެ ހިޓް ލަވަ "ދިލް ބަރް ދިލް ބަރް"ގެ އަރަބިކް ވާޝަން ވެސް ގިނަ ބަޔަކަށް ކަމުގޮސްފި އެވެ.
ބޮލީވުޑްގެ ފަންނާނުންގެ އިތުރުން އާންމުންނަށް ވެސް ލަވަ ވަނީ ކަމުގޮސްފަ އެވެ. ޔޫޓިއުބްގައި އެ ލަވަ ރިލީޒްކުރިތާ ތިން ދުވަސްވީއިރު އެ ލަވައަށް ވަނީ 13.5 މިލިއަން ވިއުސް ލިބިފަ އެވެ.
New version#dilbarin Arabic@Norafatehiagain nailed it with the hot moves ????????
— Kapil Singh Bisht (@Pakka_Chichora)November 30, 2018
ދިލްބަރްގެ ހިންދީ ލަވައެކޭ އެއްފަދައިން އަރަބި ލަވައަށްވެސް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ. މި ލަވާގައި ވެސް ނޯރާގެ ނެށުމުގެ ފަރި ހަރަކާތްތަކަށް ވަނީ ފެނިގެން ގޮއްސަ އެވެ.
ދިލްބަރްގެ އޮރިޖިނަލް ލަވައަކީ "ސިރްފް ތުމް"ގެ ލަވައެކެވެ. އެ ލަވައިގައި ފެނިގެންދިޔައީ ސުޝްމީތާގެ ފަރި ހަރަކާތްތަކެވެ. އެ ލަވައިގެ ރީމޭކެއް ނުކުތީ މިއަހަރު ނެރުނު ކާމިޔާބު ފިލްމު "ސަތުޔަމޭވަ ޖަޔަތޭ" އިންނެވެ. އަނެއްކާ ވެސް މިއޮތީ ދިލްބަރްގެ އާ ވާޝަނެއް ބަލައިލަން ލިބިފަ އެވެ.
"ދިލް ބަރް"ގެ ރީމޭކް ކިޔާދީފައިވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ ނެހާ ކައްކަރު އެވެ. އެ ލަވައިގެ ކުރީގެ ވާޝަން ކިޔަދީފައިވަނީ އަލްކާ ޔަގްނިކް އެވެ.