02 Dec 2018, 08:49
މާލެއިން ފުރައިގެން ނ. މަނަދޫ އަށް ދަތުރުކުރި ބޯޓެއް އެ ރަށު ނެރުފައިކައްޓަށް އަރައި ރޭ ފެތިއްޖެ އެވެ.
އެ ބޯޓަކީ ނ. މާޅެންދޫ ބޯޓެކެވެ. ބޯޓު މަނަދޫ އަށް ވަނީ މުދާ ބޭލުމަށް ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ.

މަނަދޫ ބޯޓުގައި ހުރި މުދަލާއި ބޯޓުގައި ތިބިމީހުން ސަލާމަތްކުރަނީ ---
އެމްއެންޑީއެފް އިން ބުނީ އެ ހާދިސާގެ މައުލޫމާތު ލިބުނީ ރޭ ފަތިހު 4:30 އެހާކަންހާއިރު ކަމަށާއި ހާދިސާގެ މައުލޫމާތު މެރިޓައިމް ރެސްކިއު ކޯޓިނޭޝަން ސެންޓަށް ލިބުމާ އެކު ވަގުތުން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.

މަނަދޫ ބޯޓުގައި ހުރި މުދަލާއި ބޯޓުގައި ތިބި މީހުން ސަލާމަތްކުރަނީ ---
އެމްއެންޑީއެފް ނޮދަން އޭރިއާގެ ލޯންޗު ހާދިސާ ހިނގި ސަރަހައްދަށް ދިޔައިރު މަނަދޫ ރައްޔިތުންނާއި ފުލުހުން ގުޅިގެން ބޯޓުން ދަތުރުކުރި މީހުން މަނަދޫ އަށް ގެންގޮސްފައިވާ ކަމަށާއި އޭރު ބޯޓުގައި ހުރި މުދާތައް ވެސް މަނަދޫ އަށް ގެންގޮސްފައިވާ ކަމަށް ވެސްް އެމްއެންޑީއެފުން ބުންޏެވެ.