Back
Nov 24, 2025 SUN
SUN

ރައީސް ދިއްފުއްޓަށް ފުރާވަޑައިގެންފި

ރައީސް ދިއްފުއްޓަށް ފުރާވަޑައިގެންފި
Lead photo

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މާލެ އަތޮޅު ދިއްފުއްޓާއި ގިރިފުއްޓަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ދިއްފުށީގެ ފެނާއި ނަރުދަމާގެ ނިޒާމުގެ ޚިދުމަތް ފަށްޓަވައި ދެއްވައި، ގިރިފުށީގައި ބާއްވާ 20 ވަނަ ކެޑޭޓް ކޭމްޕާ ބެހޭ ބްރީފިންގްގައި ބައިވެރިވެވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފަ އެވެ.

ރައީސް ސޯލިހު ރައީސް ކަމުގެ ހުވާ ކުރެއްވުމަށް ފަހު ރާއްޖޭގެ ރަށަކަށް ކުރައްވާ މީ ފުރަތަމަ ދަތުރުފުޅެވެ.

ދިއްފުށީގައި ފެނާއި ނަރުދަމާގެ ހިދުމަތް ގާއިމުކޮށް ދެއްވީ އަލިފުޅު ތުއްތު ފައުންޑޭޝަނާއި ޗަމްޕާ އާއިލާއިން ހިންގާ މީރު އައިލަންޑް ރިސޯޓް އެންޑް ސްޕާގެ ފަރާތުންނެވެ.

އެ މަސައްކަތުގެ އަމަލީ މަސައްކަތް ފެއްޓީ މިދިޔަ އަހަރުގެ ފެބުރުއަރީ މަހު އެވެ. ތޭރަ ސަތޭކަ ވަރަކަށް މީހުން އުޅޭ ރަށުގައި ގާއިމު ކުރާ އެ ދެ ނިޒާމަށް 62 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އަލިފުޅު ފައުންޑޭޝަނުން ބުންޏެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިއަދު ހަވީރު މާލެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.


ތަންތީގައި އެއްބަސް

މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.

Back to feed

Browse topics