ސަރުކާރުން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ލިމިޓެޑް ކޮމްޕެނީ (މިފްކޯ) އަށް އަނެއްކާވެސް 37 މިލިއަން ރުފިޔާގެ އެހީ ދީފި އެވެ.

ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ގއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ގއ. ކޫއްޑޫގައި ހުންނަވައިގެން "ޕީއެސްއެމް" އަށް ވިދާޅުވީ، އެ ފައިސާ އަކީ މިފްކޯއިން މަސްވެރިންނަށް ދޭން ޖެހޭ ފައިސާގެ ތެރެއިން ނުދެވި ހުރި ފައިސާ ދެއްކުމަށް ދިން އެހީއެއް ކަމަށެވެ.

މިނިސްޓަރު ޒަހާ ވިދާޅުވީ، މިިދިޔަ ބުދަ ދުވަހާ ހަމައަށް ސަރުކާރުން އެ ފައިސާ މިފްކޯއާ ހަވާލުކޮށްފައިވާ ކަމަށެވެ.

މިނިސްޓަރު ޒަހާ ގއ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިހާރު ހުންނެވީ އެ އަތޮޅު ގެމަނަފުއްޓަށް ވަޑައިގެންނެވެ. އޭނާ ވަނީ އެ އަތޮޅު ވިިލިނގިއްޔަށް ވެސް ވަޑައިގެންފަ އެވެ. މިނިސްޓަރު ޒަހާ ވަނީ އެރަށްރަށުގެ ކައުންސިލްތަކާއި މަސްވެރިންނާ ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވާފަ އެވެ.

މިއަދު ގެމަނަފުށީ މަސްވެރިންނާ ބައްދަލުކޮށް ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވީ، މިފްކޯގެ ހިންގުން ހަރުދަނާ ކުރަން ޖެހޭ ކަމަށާއި، އެހެން ނޫނީ ސަރުކާރުން ޖެހޭނީ އަބަދު ފައިސާ ދޭން ކަމަށެވެ.

"ކުންފުނީގެ ހިންގުން ހަރުދަނާ ވާ އިރަށް އެކަންތައްތައް ހަރުދަނާ ވެގެންދާނެ. ދެން ހަމަ ދުވަސް ކޮޅެއް ވެެސް ނަގާނެ،" ޒަހާ ވިދާޅުވި އެވެ.

ސަރުކާރުން މިފްކޯއަށް 37 މިލިއަން ރުފިޔާ ދީފައިވާ އިރު، މި އަހަރުގެ ސެޕްޓޭމްބަރު މަހުގެ ތެރޭގައި ވެސް ސަރުކާރުން ވަނީ އެ ކުންފުންޏަށް 50 މިލިއަން ރުފިޔާގެ ލޯނެއް ވެސް ދީފަ އެވެ.

_Masverinnah faisaa dhinumah Mifco ah 37 Million Rufiyaa Sarukaarun dheefi.Masverinnah faisaa dhinumah Mifco ah 37 Million Rufiyaa Sarukaarun dheefi.