29 Sep 2011, 12:28
މާރާމާރީގެ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރު ކުރި މީހަކު ކޯޓް އަމުރު ވިދާލުމުން ހަތަރު މަސް ދުވަހަށް ގޭ ބަންދަށް ހުކުމްކޮށްފި އެވެ.
ކުރިމިނަލް ކޯޓުން މިއަދު ބުނީ ގާނޫނުލް އުގޫބާތުގެ 88ގެ ހގެ ދަށުން އަމުރަށް ކިޔަމަންތެރި ނުވުމުގެ ހުކުމްކޮށް ގޭ ބަންދު ކުރީ ގ. ގާނެޓް، މުޙައްމަދު ޝިޔާއު ސިރާޖު ކަމަށެވެ.
ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ (ހ) ގައި ބުނެފައި ވަނީ "ޝަރުއީ ނުވަތަ ގާނޫނީ ގޮތުން ކުރާ އަމުރަކަށް ނުކިޔަންމަތެރިވުމަކީ ކުށެކެވެ. މިކުށް ކޮށްފި މީހާގެ އަދަބަކީ ގިނަވެގެން ހަ މަސް ދުވަހަށް ޖަލަށްލުން، އަރުވާލުން، ގޭގައި ބަންދުކުރުން ނުވަތަ 150 ރުފިޔާ އަށް ވުރެ ގިނަ ނޫން އަދަދަކުން ޖޫރިމަނާކުރުމެވެ."