ސްޓޭޓް މިނިސްޓަރުންގެ މަގާމަށް މިއަދު ފަސް ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މިއަދު ސްޓޭޓު މިނިސްޓަރުން އައްޔަން ކުރެއްވީ އެކަމަށްޓަކައި ރައީސް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

މިއަދު ސްޓޭޓް މިނިސްޓަރު ކަމަށް އަައްޔަން ކުރެއްވި ބޭފުޅުން:

  • މިނިސްޓަރ އޮފް ސްޓޭޓް ފޯ އިކޮނޮމިކް ޑިވެލޮޕްމަންޓްގެ މަޤާމަށް، މ. މުއްދޫ މުޙައްމަދު އިޢާދު ޙަމީދު

  • މިނިސްޓަރ އޮފް ސްޓޭޓް ފޯ ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ މަޤާމަށް، ގ. ސެރޭންޑް ޙަސަން ރަޝީދު
  • މިނިސްޓަރ އޮފް ސްޓޭޓް ފޯ އިސްލާމިކް އެފެއަރޒްގެ މަޤާމަށް، ގދ. ވާދޫ ގުލްބަކާގެ އައްޝައިޚް އިލްޔާސް ޖަމާލް
  • މިނިސްޓަރ އޮފް ސްޓޭޓް ފޯ ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ މަޤާމަށް، ސ.ފޭދޫ ހަނދުވަރީގެ ޢާއިޝަތު ރަޝީދު
  • މިނިސްޓަރ އޮފް ސްޓޭޓް ފޯ އެންވަޔަރަންމަންޓްގެ މަޤާމަށް މ. ސީވޯލް އަޙްމަދު މުޖްތަބާ.

ރައީސް ސޯލިހު އެ ފަސް ބޭފުޅުން ޢައްޔަނުކުރައްވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) އިން އެމަނިކުފާނަށް ލިބިދޭ ބާރުގެ ދަށުންނެވެ.