29 Nov 2018, 15:31
ކޮލޮމްބޯގައި ހުންނަ އޮސްޓްރޭލިޔާ ހައިކޮމިޝަންގެ ޑެޕިއުޓީ ހެޑް އޮފް މިޝަން، މިސް ވިކްޓޯރިއާ ކޮކްލޭ، ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން އާ މިއަދު ބައްދަލު ކުރައްވައިފި އެވެ.
ހަޔާ އެޑިޔުކޭޝަން މިނިސްޓްރީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިނިސްޓްރީގައި ބޭއްވި މި ބައްދަލުވުމުގައި އޮސްޓްރޭލިޔާ ސަރުކާރުން ދިވެހިރާއްޖެ އަށް ދެއްވަވަމުން ގެންދަވާ ސްކޮލާޝިޕްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރި ކަމަށޭވެ.
އެ މަޝްވަރާތަކުގައި މަތީ ތަޢްލީމާއި ތަޖުރިބާގެ އިތުރު ފުރުސަތުތައް ހޯއްދަވައި ދެއްވުމަށް މިނިސްޓަރު އެދިވަޑައިގަތް ކަމަށެވެ. އަދި ވަކިން ޚާއްސަކޮށް ރާއްޖެއަށް ފުރަތަމަ ޑިގްރީ ފެންވަރަށް އޮސްޓްރޭލިއާގައި ކިޔެވުމަށް ޓަކައި ސްކޮލަރޝިޕް ހޯއްދަވާ ދެއްވުމަށް ބާރު އަޅުއްވާދެއްވުމަށް ވެސް މިނިސްޓަރު އެދިވަޑައިގަތް ކަމަށެވެ.