29 Nov 2018, 13:33
ރާއްޖޭގެ އެންމެބޮޑު މުވާސަލާތީ ކުންފުނި ދިރާގުގެ ޗެއާމަނަކަށް އެކުންފުނީގެ ކުރީގެ ސީއީއޯ އިސްމާއިލް ވަހީދު ހަމަޖައްސަަވައިފި އެވެ.
ޕްރައިވަޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު ވިދާޅުވީ އިސްމާއިލް ވަހީދު ދިރާގުގެ ޗެއާމަންގެ މަގާމަށް އައްޔަން ކުރެއްވީ މިއަދު ކަމަށެވެ. ކުރިން ދިރާގުގެ ޗެއާމަންކަމުގެ މަގާމުގައި ހުންނެވި މުހައްމަދު އަޝްމަލީ މަގާމުން ވަކިކޮށްފައި ވަނީ މިމަހުގެ 22 ވަނަ ދުވަހު އެވެ.
އިސްމާއިލް ވަހީދު ދިރާގުގެ ސީއީއޯގެ މަގާމުން އިސްތިއުފާ ދެއްވީ 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. އޭނާ އެ މަގާމާ ހަވާލުވެ ވަޑައިގަތީ 2004 ވަނަ އަހަރު އެވެ.
އިސްމާއިލް ވަހީދަކީ ދިރާގު އުފެދުމަށް ފަހު އެކުންފުންޏާ ގުޅިވަޑައިގެންނެވި ފުރަތަމަ މުވައްޒަފުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.