29 Nov 2018, 13:08
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރުޖަމާނަކަށް ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަން ސްޓްރެޓެޖިކް އިބްރާހިމް ހޫދު ހަމަޖައްސައިފި އެވެ.
ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ސްޓްރެޓެޖިކް އަކަށް ހޫދު އައްޔަން ކުރެއްވީ އިއްޔެ އެވެ. ރައީސް އޮފީހުން ބުނީ ރައީސް ސޯލިހުގެ ތަރުޖަމާނަކަށް ވެސް ހޫދު ހަމަޖައްސަވާފައިވާ ކަަމަށެވެ.
ހޫދަކީ އިންޓަރނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިން މާސްޓަސް ޑިގްރީ ހާސިލުކުރައްވައި، އަދި ޕޮލިޓިކަލް ސައިންސް އެންޑް އިންގްލިޝް ލިޓްރޭޗަރއިން ބެޗްލަރސް ޑިގްރީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.
މީގެކުރިން، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ހޫދު ވަނީ ޚިދުމަތްކުރައްވާފައެވެ. މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ތަފާތު ފެންވަރުގެ މަޤާމުތަކާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރސެކްރެޓަރީކަމުގެ މަޤާމުވެސް ހޫދު ވަނީ ފުރުއްވައިފަ އެވެ.