ޖަރުމަނުގެ ހާއްސަ އުފެއްދުމެއް ކަމަށްވާ "މިންޓަނައިން ބްލޫ ލެމަނޭޑް" ހެޕީމާކެޓުން ރާއްޖޭގެ ބާޒާރަށް ތައާރަފުކޮށްފި އެވެ.

އިއްޔެ ބާޒާރަށް ނެރުނު އެ ބުއިމުގައި މިންޓް، ލެމަން ލައިމް ހިމެނޭ ހާއްސަ ބުއިމެއް ކަމަށް ހެޕީ މާކެޓުން ބުންޏެވެ.

އެ ބުއިމަކީ އެނާޖީ ޑްރިންކެއް ނޫން ކަމަށާއި އަދި އެ އޭގައި އެއްވެސް ވަރަކަށް ކެފެއިން ނުހިމެނޭނެ ކަމަށާއި އަދި އެއީ ހުރިހާ އުމުރު ފުރަކަކަށް "ފިިޓް" ޑްރިންކެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެ ޑްރިންކަކީ ޔޫރަޕިއަން މާކެޓްގައި ލައިފް ސްޓައިލްގެ ގޮތުގައި ބޭނުން ކުރާ ޑްރިންކެއް ކަމަށާއި ހޫނު ގަދަ ދުވަސްވަރުގައި ކަރު ތެރެއަށް ތާޒާކަން ގެނެސްދޭނެ ޑްރިންކެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މިންޓަނައިން ބްލޫލެމަނޭޑްގެ ރަހަ ދެއްކުމުގެ ހަރަކާތްތަކެއް ޑިސެމްބަރު މަހުގެ ތެރޭގައި ހިންގުމަށް އެ ކުންފުނިން ވަނީ ނިންމައިފަ އެވެ. އަދި މިންޓަނައިން ބްލޫލެމަނޭޑް އަށް ހާއްސަ ފޭސްބްކް އަދި އިންސްޓަގްރާމް ކޮންޓެސްޓެއް ވެސް މާދަމާއިން ފެށިގެން ކުރިއަށް ދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.