29 Nov 2018, 12:54
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި އިތުރަށް މޫސުން ގޯސްވެ، ކަނޑުގަދަވާނެ ކަމަށް ލަފާކޮށް ށ. އަތޮޅާއި ބ. އަތޮޅާ ދެމެދުގެ ރަށްތަކަށް ޔެލޯ އެލާޓް ނެރެފި އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން މިއަދު ބުނީ އެ ހިސާބުތަކަށް ވިއްސާރަކޮށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 35 މޭލާ ދެމެދު ވައިގަދަވާނެ ކަމަށެވެ.
ވައިޖެހޭނީ ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު ފަސް މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި އެވެ. އަދި އެހެން ހިސާބުތަކަށް ވައިޖެހޭނީ އިރާއި އިރުދެކުނުން ގަޑިއަކު ހަތް މޭލާއި 17 މޭލާއި ދެމެދުގެ ބާރުމިނުގައި ކަމަށް ވެސް މެޓުން ބުންޏެވެ.
މިއަދާއި މާދަމާ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށާއި ނަމަވެސް ހޮނިހިރު ދުވަހު ވިއްސާރަ އަލިވާނެ ކަމަށް ވެސް މެޓުން ބުންޏެވެ.
ޔެލޯ އެލާޓް ނެރެފައި ވަނީ މިއަދު 12:00 އިން މެންދުރު ފަހު އިން 15:00 އަށެވެ.