29 Sep 2011, 11:29
ޑީއާރްޕީގެ ސެކްރެޓެރީ ޖެނެރަލްގެ މަގާމުން މުހައްމަދު ނިމާލް މިއަދު އިސްތިއުފާދެއްވައި، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް )ޕީޕީއެމް(އާ ގުޅިވަޑައިގެންފި އެވެ.
"ސަން" އަށް ފޮނުއްވި އެސްއެމްއެސްއެއްގައި ނިމާލް ވިދާޅުވެފައި ވަނީ، ޑީއާރްޕީން އޭނާ ވަކިވެވަޑައިގަތީ "އަމިއްލަ ސަބަބުތަކާ ހެދި އައި ޕްރެޝަރަށް ކެތްނުކުރެވިގެން" ކަމަށެވެ.
ޕީޕީއެމް އިން ނެރުނު ބަޔާނެއްގައި ނިމާލް ވިދާޅުވެފައިވަނީ، އެޕާޓީއާ ގުޅިވަޑައިިގަތީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ހަމައެކަނި ޕާޓީއަކީ ޕީޕީއެމް ކަމަށް ދެކެވަޑައިގަންނަވާތީ ކަމަށެވެ.
"ޑީއާރުޕީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުން އިސްތިއުފާ ދީ ޕީޕީއެމް އާ ގުޅެން ނިންމީ ރައީސް ނަޝީދުގެ މި ޚުދުމުހްތާރު ވެރިކަމާ ދެކޮޅަށް ތެދުވެ، ސަރުކާރު ޖަވާބުދާރީ ކިރުވާ، 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމުގެ ހިތްވަރާއި ފަންވަރު ހުރީ ހަމައެކަނި ޕީޕީއެމްގައި ކަމަށް ގަބޫލުކުރެވޭތީ އެކަމުގައި އެހީތެރިވެދިނުމަށް" ނިމާލް ވިދާޅުވެފައިވެ އެވެ.