29 Sep 2011, 11:31
އޮލިމްޕިކް ކޮމެޓީގެ ފަރާތުން ރާއްޖޭގައި ބޭއްވި ސްޕޯޓްސް މެޖޭންމަންޓު ކޯހުން އެންމެ ރަނގަޅު ކަމަށް އިނިސްޓެކްޓަރުން ހޮވި ފަސް ފަރާތެއް ނެޝަނަލް ޑައިރެކްޓާސް ގޮތުގައި ޓްރޭން ކުރުމަށް ރޭ މެލޭސިއާ އަށް ފުރައިފި އެވެ.
ރާއްޖޭގައި ސްޕޯޓްސް އެޑްމިނިސްޓޭޓިވް ބިނާކުރުމަށް ފުރަތަމަ މަސައްކަތް ފެށުނީ މި އަހަރުގެ ޖެނުއަރީ މަހު ރާއްޖޭގެ އޮލިމްޕިކް ކޮމެޓީ އާއި މެލޭސިޔާގެ އޮލިމްޕިކް ކޮމެޓީއާ ދެމެދު ވެވުނު އެއްބަސް ވުމަކަށް ފަހު އެވެ.
އޮލިމްޕިކް ކޮމެޓީގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު މަރުޒޫގު )މަރޭ( ވިދާޅުވީ، ރޭ މެލޭސިއާއަށް ފުރި ފަސް މީހުންނަކީ ވިކްޓަރީ ސްޕޯޓްސް ކުލަބްގެ ޖެނަރަލް ސެކްރެޓަރީ ފަޔާ އާއި ވެލެންސިޔާގެ ސީއީއޯ އާބާދު ސަލީމާއި އެފްއޭއެމްގެ މީޑިއާ އޮފިސަރު މުހައްމަދު ޖައުޝަން ސަރީޕް އާއި ވޮލީ ބޯޅަ އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ ހުސެން މުހައްމަދު އަދި އެތްލެޓިކްސް އެސޯސިއޭޝަންގެ ޖެނަރަލް ސެކްރެޓަރީ އަހުމަދު މުންތަގިމް އެވެ.
މިޕްރޮގްރާމަކީ ރާއްޖޭގެ އޮލިމްޕިކް ކޮމެޓީ އާއި މެލޭސިއާގެ އޮލިމްޕިކް ކޮމެޓީގެ އެހީތެރިކަމާ އެކު މެލޭސިޔާގައި ކުރިއަށްދާ ޕްރޮގްރާމެއް ކަމަށާއި އަދި ޕްރޮގްރާމަށް ފަންޑުކޮށްދެނީ އޮލިމްޕިކް ސްލިޑާރިޓީން ކަމަށް މަރޭ ވިދާޅުވި އެވެ.
"މެލޭސިއާގައި އެމީހުން ކޯސް ނިންމާފައި ކުރިއަށް އޮތް ދިހަ ދުވަ ތެރޭގައި އެބުރި މާލެ އަންނާނެ. އެބުރި މާލެއައުމަށް ފަހު އެމީހުންގެ މަސައްކަތަކަށް ވާނީ ރާއްޖޭގައި ސްޕޯޓްސް އެޑްމިނިސްޓޭޓިވް ކޯސް ހިންގުން." މަރޭ ވިދާޅުވި އެވެ.
މަރޭ ވިދާޅުވީ، މިޕްރޮގްރާމްގައި ބައިވެރި ވަނީ ހަމައެކަނި މެލޭސިއާގެ ބައިވެންނާއި ރާއްޖޭގެ ބައިވެރިން އެކަނި ކަމަށެވެ.