ނަމަވެސް މިރޭ ކުރިޔަށްދިޔަ މަޖިލީހުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވީ ސަރުކާރުގެ ފަރާތުން މުހިންމު މަސައްކަތްތަކެއް ހުށަހަޅާފައިވާތީ އެ މަސައްކަތްތައް ނިންމަން ދައުރު ދަންމާލަން ނިންމާފައިވާ ކަމަށެވެ. އެގޮތުން ހަތަރު ލީޑަރުންގެ މަޝްވަރާއެކުއެ ތިން ވަނަ ދައުރުގެ މުއްދަތު އަންނަމަ މަހު ފަހަކަށް އިތުރުކުރުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ނިންމުމަށް މިރޭ ވޯޓަށް އެހުމުން ވޯޓުގައި ބައިވެރިވި 71 މެމްބަރުންގެ ތެރެއިން 70 މެމްބަރުންގެ ވޯޓުން ދައުރު ދިގު ދަންމަން ފާސްވެގެން ދިޔައެވެ. އެކަމާއި ދެކޮޅަށް ވޯޓު ދެއްވީ އެންމެ މެމްބަރެކެވެ.

ދެން މަޖިލީހުގެ ޖަލްސާއެއް އޮންނާނީ އަންނަ ޑިސެމްބަރު މަހުގެ ތިނެއްވާ ހޯމަ ދުވަހު ގައި ކަމަށް ޖަލްސާ ނިންމަވާލައްވަމުން ރިޔާސަތުން ވަނީ ބުނެފައެވެ.

މަޖިލީހުގެ ތިން ވަނަ ދައުރު 27 އޮގަސްޓުގައި ފެށުމަށް މަޖިލީހުގެ ގަވާއިދުގައި ބުނެފައި ވީ ނަމަވެސް، މިދިޔަ ސަރުކާރުގެ ސުޕާ މެޖޯރިޓީ ގެއްލުނު ފަހުން މަޖިލިސްގެ މަސައްކަތްތައް އޮތީ ހުއްޓިފައެވެ. ނަމަވެސް ރިޔާސީ އިންތިހާބަށް ފަހު، ގިނަ ބިލް ތަކެއް ފާސްކޮށް މަޖިލިސް އަށް އާ ރައީސް އެއް އައްޔަން ކުރެވިގެން ދިޔަ އެވެ.

އަދި އޭގެ އިތުރުން އާ ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގެ ދަށުން ގާނޫނަށް ގެންނަން ނިންމާފައިވާ ބައެއް ބަދަލުތައް ވެސް ވަނީ ހުށަހެޅިގެން ދިޔައެވެ.