28 Nov 2018, 16:47
ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަން ސްޓްރެޓިޖިސްޓްގެ މަގާމަށް އިބްރާހިމް ހޫދު އައްޔަން ކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ އެ މަގާމަށް ހޫދު އައްޔަން ކޮށްފައި ވަނީ ސްޓޭޓް މިނިސްޓަރު ލެވަލްގައި ކަމަށެވެ. އެވެ. ހޫދު ވަނީ މީގެ ކުރިން ބޭންކް އޮފް މޯލްޑިވްސްގެ މާކެޓިން އެންޑް ކޮމިއުނިކޭޝަންސް ޑިޕާޓްމެންޓްގައި މަސައްކަތްކޮށްފަ އެވެ.
ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަންސް ސްޓްރެޖިސްޓްސްގެ މަގާމުގައި މީގެ ކުރިން ހުންނެވީ އިބްރާހިމް އިމްޖާދު ޖަލީލެވެ.
ހޫދުގެ އިތުރުން ރައީސް ސޯލިހު މިއަދު ވަނީ ފަސް މިނިސްޓްރީއަކަށް ހަ ސްޓޭޓް މިނިސްޓަރުން ވެސް އައްޔަނު ކުރައްވައިފަ އެވެ.
ރައީސް އޮފީހުން މިއަދު ބުނި ގޮތުގައި، ސިޔާސީ މަގާމުތަކާއި ކުންފުނިތަކުގެ ބޯޑުތަކަށް އައްޔަނުކުރާ މީހުން ފުރިހަމަކުރަން ޖެހޭ މައުލޫމާތު ފޯމެއް އެކުލަވާލައި، އެ ފޯމު ފުރިހަމަކުރަން ޖެހޭ ގޮތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހަމަޖައްސަވާފައިވާ ކަމަށެވެ.