28 Nov 2018, 13:17
"ސްޓްރީ"ގެ ޕްރޮޑިއުސަރު/ޑައިރެކްޓަރު ދިނޭޝް ވިޖަންގެ ކައިވެނި އަންނަ މަހު 14ގައި ކުރުމަށް ހަމަޖެހިފައިވާކަމަށް ޚަބަރުތައް ބުނެފިއެވެ.
އޭނާ ކައިވެނިކުރަނީ އޭނާގެ ލޯބިވެރިޔާ ޕްރަމިތާ ތަންވަރާއާއެވެ. ކައިވެނި ހަފްލާ ބާއްވާނެ ތަނެއް އަދި ހާމަކޮށްފައިނުވި ނަމަވެސް ކައިވެނި ހަފްލާ ބާއްވާނީ ވަރަށް ބޮޑުކޮށްކަމަށް ބޭރުގެ ރިޕޯޓްތައް ބުނެއެވެ.
ކައިވެނި ހަފްލާގެ ދައުވަތު ވަނީ ބޮލީވުޑްގެ ބައެއް ތަރިންނަށް ދީފައެވެ. އޭގެ ތެރޭގައި ސުޝާންތް ސިންހް، ވަރުން ޝަރްމާ އަދި ޝްރައްދާ ހިމެނެއެވެ.
އޭނާގެ ބައެއް ފިލްމުތަކުގެ ތެރޭގައި ރާބްތާ، ލަވް އާޖް ކަލް، ހައިޖެކް އަދި ހެޕީ އެންޑިން ހިމެނެއެވެ.