އދ. މަޖިލިސް : އަފްޣާނިސްތާނުގައި ސުލްޙަ ޤާއިމްކުރުމަށް ކުރެވޭ ހުރިހާ މަސައްކަތްތަކަށް ޕާކިސްތާނުން އެއްބާރުލުން ލިބޭނެ ކަމަށް ޕާކިސްތާނުގެ ޚާރިޖީ ވަޒީރާ ހީނާ ރައްބާނީ ވިދާޅުވެއްޖެ އެވެ.

އދ. ގެ ޖެނެރަލް އެސެމްބްލީގައި ރޭ ތަޤްރީރު ކުރައްވަމުން ހީނާ ވިދާޅުވީ އަފްޣާނިސްތާނުގައި ސުލްޙަ ޤާއިމް ކުރުމަކީ ޕާކިސްތާނުގެ ޤައުމީ މަސްލަހަތާ ގުޅިފައިވާ ކަމެއް ކަމުގައެވެ. އެހެންކަމުން މިކަމުގައި އަފްޣާން ސަރުކާރަށާއި އެމެރިކާއަށް އެއްބާރުލުން ދިނުމަށް ޕާކިސްތާން އަބަދުވެސް އޮންނާނީ ތައްޔާރަށް ކަމުގައެވެ. ހީނާ މިމޭރުމުން ވާހަކަ ދައްކަވާފައިވަނީ އަފްޣާނިސްތާނުގެ ހަނގުރާމަވެރި ޖަމާއަތެއްކަމަށްވާ ސިރާޖުއްދީން ޙައްޤާނީ ޖަމާއަތަށް ޕާކިސްތާން ސަރުކާރުން އެހީތެރިވާ ކަމަށް އެމެރިކާ ތުހުމަތު ކުރަމުންގެންދާ ދުވަސްވަރެއްގަ އެވެ.

މިމައްސަލާގައި ކޯފާވެވަޑައިގެން ހީނާ ތަންކޮޅެއްކުރިންވަނީ އެމެރިކާއާއެކު ޕާކިސްތާނުން ބާއްވާ ސްޓްރެޓީޖިކް ގުޅުންތައް ކަޑާލަންޖެހިދާނެ ކަމުގެ އިންޒާރު އެމެރިކާ އަަށް ދެއްވާފަ އެވެ. އދ.ގައި ދެއްކެވި ވާހަކަފުޅުގައި ހީނާ ވިދާޅުވީ އަފްޣާނިސްތާނުގައި ސުލްޙަ ޤާއިމްކުރުމަށް އެންމެ ބޮޑަށް މަސައްކަތް ކުރަންޖެހޭނީ އަފްޣާނިސްތާނާއި އެެމެރިކާގެ ސަރުކާރުތަކުން ކަމުގަ އެވެ. (އަލްޖަޒީރާ)