28 Nov 2018, 11:58
އަންނަ އާދީއްތަ ދުވަހުން ފެށިގެން ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ރަސްމީ ގަޑި ހެނދުނު އަށަކުން ފެށިގެން މެންދުރު ފަހު ތިނަކަށް ހަމަޖައްސައިފި އެވެ.
ސަރުކާރުގެ އާންމު އޮފީސްތަކުގެ ރަސްމީ ގަޑިއަކީ ހެނދުނު 8 އިން ފެށިގެން މެންދުރު ފަހު 2:00 އަށެވެ. ރައީސް އޮފީހުގެ ގަޑިތަކަކީ ވެސް މިހާތަނަށް ހަމަ އެ ގަޑި އެވެ.
ރައީސް އޮފީހުގެ އޮފިޝަލު މިއަދު ސަން އަށް ވިދާޅުވީ އެ އޮފީހުގެ ގަޑި އަށް ބަދަލު ގެނައި ނަމަވެސް ސަރުކާރުގެ އެހެން އޮފީސްތަކުގެ ގަޑިއަކީ މިހާރުގެ ވެސް ގަޑި ކަމަށްވާ، ހެނދުނު 8:00 އިން މެންދުރު ފަހު 14:00 އަށެވެ.
ރަޢީސް އޮފީހުގެ އޮފިޝަލު ވިދާޅުވީ އެ އޮފީހުގެ ރަސްމީ ގަޑައަށް ބައިގަޑި އިރު އިތުރު ކުރީ، އާ ސަރުކާރުގެ މެނިފެސްޓޯގައި ހުރި ކަންކަން ތަންފީޒު ކުރުމަށް ވަގުތު ބޭނުން ވާތީ އާއި އަދި އެކަމުގައި ރައީސް އޮފީހުގެ ދައުރު ބޮޑުކަމަށް ގަބޫލު ކުރެވޭތީ ކަމަށެވެ.