28 Nov 2018, 11:23
މާލެ އިން ފުރައިގެން މާލެ އަތޮޅު ކުޑަވިލިގިއްޔަށް ދަތުރު ކުރި މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި އެވެ.
އެމްއެންޑީއެފުން މިއަދު ބުނީ "ނާޒު" ނަމަކަށް ކިޔާ އެ ދޯނި ދަތުރު ކުރީ ހުރާ ކައިރީގައި އޮންނަ ކުޑަ ވިލިގިއްޔަށް ކަމަށާއި ދޯނި އެރީ ކަޑުއޮތް ގިރި ކައިރީގައި އޮންނަ ފަރަކަށް ކަމަށެވެ.
އެ ހާދިސާފައި އެެއްވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ. އެ ދޯނިން ދަތުރު ކުރީ ތިން މީހުންނެވެ.
އެ ދޯންޏަށް ބަރުކޮށްފައި ހުރީ ލަކުޑި ބެރިތަކެކެވެ.
އެ ދޯނި ފުންކުރުމުގެ މަސައްކަތް އެމްއެންޑީއެފުގެ ކޯސްޓްގާޑުން ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން މިއަދު ބުންޏެވެ.