28 Nov 2018, 11:01
ބޮލީވުޑް އަދި ބެންގާލީ ގިނަ ލަވަތަކެއް ކިޔާފައިވާ މަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދި އަޒީޒް މަރުވެއްޖެ އެވެ.
އޭނާ މަރުވެފައި ވަނީ ކޮލްކަތާގައި ޝޯ އެއް ދިނުމަށް ފަހު އިއްޔެ އެނބުރި މުމްބާއީ އަށް އައި މަގުމަތީ ހާޓް އެޓޭކެއް ޖެހިގެންނެވެ.
ހަބަރުތައް ލިބޭ ގޮތުގައި އޭނާ ހޮސްޕިޓަލް އަށް ގެންދިޔަ އިރު ވެސް އޮތީ މަރުވެފަ އެވެ. އަޒީޒް މަރުވިކަން އޭނާގެ އަންހެން ދަރިފުޅު ސަނާ އަޒީޒް ވަނީ ކަށަވަރުކޮށްދީފަ އެވެ.
އަޒީޒް މަރުވުމުން މުޅި ބޮލީވުޑްގެ އިތުރުން އޭނާގެ ލަވަތަކަށް ލޯބިކުރާ ފަރާތްތަކަށް ލިބުނީ ކުއްލި ސިހުމެކެވެ.
ދެހާހަށް ވުރެ ގިނަ ޕްލޭ ބެކް ލަވަތައް ކިޔާފައިވާ އަޒީޒްގެ މަޝްހުރު ބައެއް ލަވަތަކަށް ބަލާއިރު "ޕޯލް ގުލާބް ކާ" އަދި "މައި ނޭމް އިޒް ލަކަން" ހިމެނެ އެވެ.