28 Nov 2018, 09:09
ނަވާރަސަތޭކަ ހަތްދިހަ އަށްވަނަ އަހަރު ނުތް ކާމިޔާބު ފިލްމު "ޕަތީ ޕަތުނީ އޯރް ވޯ"ގެ ރީމޭކެއް ހެދުމަށް ޑައިރެކްޓަރު މުދައްސަރު އަޒީޒެވެ.
ބޭރުގެ ޚަބަރުތައް ބުނާގޮތުގައި ފިލްމުގެ ރީމޭކެއް ހެދުމަށް އޭނާ އިއުލާންކޮށް މިހާރު އަންނަނީ ފިލްމުގެ ކާސްޓުން ހަމަކުރަމުންނެވެ. ބައެއް ރިޕޯޓްތައް ބުނާގޮތުގައި ފިލްމު ހެދުމަށް އޭނާ ރަސްމީކޮށް އިއުލާންނުކުރި ނަމަވެސް އަވަސްމުސްތަގްބަލެއްގައި އޭނާ ފިލްމު ހަދަން އުޅޭކަން ރަސްމީކޮށް އިއުލާންކުރާނެ ކަމަށެވެ.
މީގެ 40 އަހަރުކުރިން ނުކުތް އެ ފިލްމުގެ ލީޑު ތަރިންގެ ގޮތުގައި ހަރަކާތްތެރިވެފައިވަނީ ސަންޖީވް ކުމާރާއި ވިދިޔާ ސިންހާ އަދި ރަންޖީތާ ކޯރު އެވެ. އަދި ރިޝީ ކަޕޫރުވެސް އެ ފިލްމުން ފެނިގެންދެއެވެ.
ފިލްމުގެ ދައްކުވައިދީފައިވަނީ ފިރިއަކު އޭނާގެ ސެކްރެޓަރީ އާ ކައިވެނީގެ ބޭރުން ހިންގާ ގުޅުމެއްގެ ސަބަބުން ދިމާވާ ކަންތައްތަކެވެ.
މި ފިލްމަށް ވަނީ ފިލްމުފެއާ އެވޯޑްސްއިން އެންމެ މޮޅު ސްކްރީން ޕްލޭގެ އެވޯޑް ލިބިފައެވެ.