ދިރާގުގެ ހައިސްޕީޑް ފައިބަރ ބްރޯޑްބޭންޑްގެ ހިދުމަތް ށ. މިލަންދުއަށް ރަސްމީކޮށް ތައާރަފް ކޮށްފި އެވެ.

މުޅި ރާއްޖެއަށް ފައިބަރގެ ހިދުމަތް ފުޅާ ކުރުމުށް ދިރާގުން ފަށާފައިވާ ހަރަކާތުގެ ތެރެއިން ށ. ފޮނަދޫއަށް ވެސް ވަނީ މީގެ ކުރިން އެ ހިދުމަތް ދޭން ފަށާފަ އެވެ.

ދިރާގުން ށ. މިލަންދޫއަށް ހައި ސްޕީޑް ފައިބަރ އިންޓަނެޓް ތައާރަފް ކުރުމަށް ކުރި މަސައްކަތުގެ ތެރެއިން --- ފޮޓޯ: ދިރާގު

ބްރޯޑްބޭންޑް ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީ ފައިބަރ ބްރޯޑްބޭންޑް، 2016 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ އާބާދީގެ 70 ޕަސެންޓަށް ފޯރިކޮށްދީފައިވާ ކަމަށް ދިރާގުން ބުނެއެވެ. އެއީ މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ އިތުރުން 45 ރަށް ކަމަށް ވެސް ދިރާގުން ހާމަކުރެ އެވެ.

ދިރާގު ފައިބަރ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ހަލުވި ސްޕީޑު، 100 އެމްބީޕީއެސް އަދި އެންމެ ބޮޑު އެލަވަންސްކަމުގައިވާ 1ޓީބީގެ ޕެކޭޖް އެކުލެވިގެންވާ ޚިދުމަތެވެ.

ދިރާގުން ވަނީ މި ހިނގާ ނޮވެމްބަރު މަހުގެ ނިޔަލަށް ފިކްސްޑް ބްރޯޑްބޭންޑް ޕްރޮމޯޝަނެއްވެސް ފަށާފައިއެވެ. މި ޕްރޮމޯޝަނުގައި ގެ އަށް ފައިބަރ ކަނެކްޝަން މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން 3 މަސްދުވަސް ވަންދެން ނަންގަވާ ކޮންމެ ފައިބަރ ބްރޯޑްބޭންޑް ކަނެކްޝަނަކަށް މަހުފީގެ ގޮތުގައި ދައްކާ އަދަދުން 25 ޕަސެންޓް ޑިސްކައުންޓެއް ލިބޭނެއެވެ.

ކަސްޓަމަރުންނަށް ދެވޭނެ ލުއިފަސޭހަގޮތްތައް ހޯދައިދިނުމުގެ ގޮތުން އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ތަޖްރިބާ ރަނގަޅުކުރުމަށް އަބަދުވެސް މަސައްކަތް ކުރާ ކަމަށް ދިރާގުން ބުނެއެވެ.