27 Nov 2018, 16:30
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، މިނިސްޓަރު އޮފް ސްޓޭޓް ފޯ ނޭޝަނަލް ޕްލޭނިންގް އެންޑް އިންފްރާސްޓްރަކްޗާގެ މަގާމަށާއި ސްޕެޝަލް އެޑްވައިޒާ އޮން ސޯޝަލް ޕޮލިސީގެ މަގާމަށް ދެ ބޭފުޅުން އައްޔަން ކުރައްވައިފި އެވެ.
ރައީސް ސޯލިހުގެ ސްޕެޝަލް އެންވޯއީގެ މަގާމު ކުރިން ދެއްވާފައި ވަނީ، ވިޔަފާރިވެރިއާ އަބްދުﷲ ޖާބިރަށެވެ.
މިއަދު މިނިސްޓަރު ފެންވަރުގައި، ސްޕެޝަލް އެޑްވައިޒަރު އޮން ސޯޝަލް ޕޮލިސީގެ މަގާމަށް އައްޔަނު ކުރައްވާފައި ވަނީ ޑރ. މުސްތަފާ ލުތުފީ އެވެ.މިނިސްޓަރު އޮފް ސްޓޭޓް ފޯ ނޭޝަނަލް ޕްލޭނިންގް އެންޑް އިންފްރާސްޓްރަކްޗާގެ މަގާމަށް އައްޔަނު ކުރައްވާފައި ވަނީ ޝިފާޒް އަލީއެވެ.
މި ދެ ބޭފުޅުން މަގާމަށް އައްޔަނު ކުރައްވައި މަގާމުގެ ފަތްކޮޅު ދެއްވީ މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގަ އެވެ.