27 Nov 2018, 16:30
ދިރާގުގެ ބޯޑުގައި ހިމެނޭ ދެ ޑިރެކްޓަރުންނާއި އެމްޕީއެލްގެ ޗެއާމަންގެ މަގާމުގައި ހުންނެވި އަލީ ރިފާއު މަގާމުން ވަކިކޮށްފި އެވެ.
ޕްރައިވަޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު މިއަދު ވިދާޅުވީ އެމްޕީއެލްގެ ޗެއާމަން އަލީ ރިފާއުގެ އިތުރުން ދިރާގުގެ ޑިރެކްޓަރުން ކަމަށްވާ އަބްދުﷲ އަހުމަދާއި އަހުމަދު ހާފިޒް މިއަދު އެ މަގާމުތަކުން ވަކިކޮށްފައިވާ ކަމަށެވެ.
PCB in, thireegai mivaa list gaivaa board memberun, ekunfunithakun miadhu vakikoffi.pic.twitter.com/WAlVSyoZwJ
— Mohamed Nizar (@nixaar)November 27, 2018
ސަރުކާރު ބަދަލުވުމުގެ ކުރިން ކުންފުނިތަކުގެ އިސްވެރިން އިސްތިއުފާ ދެއްވަން އާ ސަރުކާރުން އެދުނު ނަމަވެސް އިސްތިއުފާ ދީފައި ވަނީ ބައެއް ކުންފުނިތަކުގެ ވެރިންނެވެ. މިދިޔަ ހަފްތާގައި ވެސް ވަނީ ބައެއް ކުންފުނިތަކުގެ ވެރިންނާއި ޑިރެކްޓަރުން މަގާމުން ވަކިކޮށްފަ އެވެ.
އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މިއަދު އައްޔަނު ކުރެއްވި ތޮއްޔިބު ފިޔަވައި ބޮޑު އެއްވެސް ކުންފުންޏެއްގެ ވެރިންގެ މަގާމަށް އަދި ބޭފުޅުން އައްޔަން ކުރައްވައިފައެއް ނުވެ އެވެ.