27 Nov 2018, 16:27
ރާއްޖޭގައި ހުރި އިންވެސްޓް ކުރުމުގެ ފުރުސަތުތަކަށް އިންޑިއާގެ ވިޔަފާރިތަކުން ޝައުގުވެރިވާ ކަމަށް ފޮރިން މިނިސްޓްރީ އިން ބުނެފި އެވެ.
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އަދި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިހާރު އިންޑިއާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އިންޑިއާގެ ވިޔަފާރިވެރިންތަކާ ބައްދަލުކޮށް ރާއްޖޭގައި ވިޔަފާރިކުރުމަށް ހުރި ފުރުސަތުތަކާ ގުޅޭ މައުލޫމާތު ވަނީ ހިއްސާކޮށްފަ އެވެ.
Minister of Finance H.E. Mr Ibrahim Ameer @ Minister of Economic Development H.E. Uz Fayyaz Ismail discuss investment opportunities in healthcare, infrastructure, water & sewerage and other areas. CII representatives expressed keen interest in#Maldivesinvestment opportunities.pic.twitter.com/IZVJgLgj0S
— MFA Maldives (@MDVForeign)November 27, 2018
ފޮރިން މިނިސްޓްރީ އިން ބުނީ ރާއްޖޭގައި ސިއްހީ ދާއިރާ އާއި އިންފްރާސްޓްރަކްޗާ، ފެނާއި ނަރުދަމާގެ ދާއިރާއިން އިންވެސްޓުކުރުމަށް ހުރި ފުރުސަތުތަކާ ގުޅޭ ގޮތުން އިންޑިއާގެ ވިޔަފާރިވެރިންނާ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށެވެ.
“Maldives is open for business again”, Minister Shahid to representatives of the Confederation of Indian Industry, highlighting the importance of investment to promote the development agenda of President Solihpic.twitter.com/UFbs9683z1
— MFA Maldives (@MDVForeign)November 27, 2018
ސަރުކާރުގެ އޮފިޝަލުންގެ ވަފުދުން މިއަދު ވަނީ "މޯލްޑިވްސް އިޒް އޯޕެން ފޯ ބިޒްނަސް އެގެއިން"ގެ ނަމުގައި ކޮންފަޑަރޭޝަން އޮފް އިންޑިއަން އިންޑަސްޓްރީއާ ގުޅިގެން ރާއްޖޭގައި ހުރި އިންވެސްޓުކުރުމުގެ ފުރުސަތުތަކާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާކޮށްފަ އެވެ.