26 Nov 2018, 21:03
ރައްޔިތުންގެ މަޖިލީހުގެ އިތުރު ދެ މެމްބަރަކު ޖުމްހޫރީ ޕާޓީއަށް މިރޭ ސޮއިކުރައްވައިފިއެވެ.
މިރޭ ޖޭޕީއާ ގުޅިވަޑައިގެންނެވި ދެ މެމްބަރުންނަކީ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު (އަބުޅޯ) އާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތެވެ.
މިރޭ ޖޭޕީގެ މައި އިދާރާ މ. ކުނޫޒުގައި ބޭއްވި ރަސްމިއްޔާތުގައި ދެ މެމްބަރުންވެސް ވަނީ ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވާފައެވެ.
ދެ މެމްބަރުންގެ ތެރެއިން އަބުޅޯ މަޖިލީހަށް އިންތިހާބުވީ ޖުމްހޫރީ ޕާޓީންނެވެ. އަމީތު މަޖިލީހަށް އިންތިހާބުވީ ޕީޕީއެމް ޓިކެޓުގަ އެވެ.
އެ ތިން މެމްބަރުންނާއެކު ޖުމްހޫރީ ޕާޓީގައި މިހާރު ތިބީ ޖުމްލަ 14 މަޖިލިސް މެމްބަރުންނެވެ. އަދި އެމްޑީޕީގައި ތިބީ 18 މަޖިލިސް މެމްބަރުންނެވެ. ޕީޕީއެމްގައި ތިބީ 28 މަޖިލިސް މެމްބަރުންނެވެ.