މައްސަރު ދުވަސްވަރު އަންހެނުން ބޭނުންކުރާ ޕެޑުން ނަފާ ޓެކްސް އުވާލަން މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.

ވެރިކަމަށް އައިސް ފުރަތަމަ ހަފްތާގެ ތެރޭގައި މެޑުން ނަގާ ޓެކްސް އުވާލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވައުދުވެވަޑައިގެންފަ އެވެ.

ޕެެޑުން ނަގާ ޓެކްސް އުވާލަން މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން މަޖިލީޙުގެ ކުރެންދޫ ދާއިރާގެ އަބްދުލްބާރީ އަބްދުﷲ އެވެ. ބާރީ 'ސަން' އަށް ވިދާޅުވީ މުދަލާ ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ސެނިޓަރީ ނެޕްކިންގް އަދި ޓެންޕޮންސް ހިމެނޭ ގޮތަށް ނަގާ ނަގާ ޓެކްސް އުވާލުމަށް ކަމަށެވެ.

ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލްބާރީ އަބްދުﷲ --- ފޮޓޯ/ މަޖިލިސް

މައްސަރު ދުވަސްވަރު ބޭނުންކުރާ ތަކެތިން ޓެކްސް ނެގުން ހުއްޓާލުމަށް މީގެ ކުރިން ވަނީ ޕެޓިޝަނެއްވެސް ތައްޔާރުކޮށްފައެވެ. އެ ތަކެއްޗަކީ ޒަރޫރީ ތަކެތި ކަމަށާއި އެތަކެއްޗަކީ އާދައިގެ މީހުންނަށްވެސް ބޭނުންކުރެވޭނެ، ހެޔި އަގެއްގައި ލިބެން ހުންނަ ތަކެއްޗަށް ހެދުމަށް ގޮވަލާ ސޯޝަލް މީޑިއާގައި ވަނީ ކެމްޕެއިންތައްވެސް ހިންގައިފައެވެ.

އާ ސަރުކާރުގައި މައްސަރުދުވަސްވަރު ބޭނުން ކުރާ ތަކެތިން ނަގާ ޓެކްސް އުވާލުމަށް ކެމްޕެއިނު ދުވަސްވަރު ސަޕޯޓަރުންވެސް ވަނީ ގޮވާލައިފައެވެ.