ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގެ ވަޒީރުންގެ މަޖިލީހުގެ ހިމެނިވަޑައިގަންންވަވާ ވަޒީރުން ސަރުކާރުގެ 100 ދުވަހުގެ އެޖެންޑާގައި ހިމެނޭ މައުލޫމާތު ވަޒީރުންނަށް އަރުވައިފި އެވެ.

މިއަދު ރައީސް އޮފީހުގައި އޮތް މި މައުލޫމަތު ދިނުމުގެ ޝެޝަންގައި ރައީސް ސޯލިހްއާއި ނައިބު ރައީސް ފައިސަލް ނަސީމް ބައިވެރިވެވަޑައިގެންނެވި އެވެ.

ރައީސް އޮފީހުން ބުނީ މިބައްދަލުކުރެއްވުމުގައި، 100 ދުވަހުގެ އެޖެންޑާގައިވާ ކަންކަން ޙާސިލުކުރުމަށް ކުރައްވަންޖެހޭ ކަންތައްތަކާއި ގުޅޭގޮތުން ވަޒީރުންނަށް މައުލޫމާތި އަރުވާފައިވާ ރައީސް އޮފީހުން ބުންނެވެ.

އަދި އެކަންކަން ހާސިލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް، ވީހާވެސް އަވަހަށް ފެށްޓެވުމާއި، އެކަމެއް ނިންމުމަށް ކަނޑައެޅިފައިވާ ތާރީޚަށް އެކަމެއް ނިންމެވުމާއި ބެހޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން މައުލޫމަތުދެއެވެ.

މީގެ އިތުން ވަޒީރުންގެ މަޖިލީހުގެ މުހިންމު ބައެއް އުސޫލުތަކާއި، ވަޒީރުންގެ މަޖިލީހުގެ ލަފާ ހޯއްދަވަންޖެހޭ ކަންތައްތަކާއި، ވަޒީރުންގެ މަޖިލީހުގެ ސުލޫކީ މިންގަނޑުތަކާ ބެހޭގޮތުން ވަޒީރުންނަށް މަޢުލޫމާތު އަރުވާފައިވާ ކަމަށެވެ.

ރައީސް ސޯލިހް ގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގައި ގިނަ ކަންތައްތަކެއް ކުރުމަށް އެމަނިކުފާނު ވަނީ ވައުދު ވެވަޑައިގެންފައެވެ.