އެނބޫދޫ ފަޅު ހިއްކައިގެން ތަރައްގީކުރާ ރިސޯޓުތައް ފެހިކުރުމަށް ރަށްރަށުން ގަވައިދާ ހިލާފަށް ރުއް ނަގައި ރުއްތައް ގެންގޮސް އިންދާ ކަމަށް ވާހަކަ ދެކެވެން ފަށައިފި އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި ފޯދިފައިވާ ގިނަ ރުއްތަކެއް އެނބޫދޫ ފަޅުގައި ވަނީ އިންދައިފަ އެވެ. ފޮޓޯތައްް ހިއްސާކޮށް މީހަކު ކުރި ޓްވީޓެއްގައި ބުނީ ރަށްރަށުން ގަވައިދާ ހިލާފަށް ނަގާ ރުއްތައް އުސޫލުން ބޭރުން އެނބޫދޫ ފަޅުގައި އިންދަމުންދާ ކަމަށެވެ.

ރަށްރަށަށް އިއާދަނުކުރެވޭ ފަދަ ގެއްލުންދިނުމަށް ފަހު ހިންގާ އެ އަމަލު ހުއްޓުވަން ދަނީ ސޯޝަލް މީޑިއާގައި ގޮވާލަމުންނެވެ.

ރުއްގަސް ގިނަ ރަށްރަށުން ގަވައިދާ ހިލާފަށް ރުއްގަސް ނަގާ މައްސަލަ މިފަހަކަށް އައިސް ވަނީ ފެންމަތިވެފަ އެވެ.

ހާއްސަކޮށް ތަރައްގީގެ މަޝްރޫއުތައް ހިންގަމުންދާ ރަށްރަށުން ރުއް ގަނައިގެން ބޭރުކުރަން އުޅޭކަން ފެންމަތިވެ، އެމައްސަލާގައި ތިމާވެށި ހިމާޔަތްކުރުމަށް ގޮވާލާ ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ.

އެނބޫދޫފަޅުގައި ރުއް އިންދާފައި -- ފޮޓޯ: ޓްވިޓާ

އެނބޫދޫ ފަޅުގައި ގަވައިދާ ހިލާފަށް ރަށްރަށުން ނަގާ ރުއް އިންދާފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކައާ ގުޅިގެން އެނބޫދޫ ފަޅު ތަރައްގީ ކުރާ ކުންފުނީގެ ބަހެއް ނުލިބެ އެވެ.