26 Nov 2018, 11:57
މިސްރުން ފެނުނު 3000 އަހަރަށްވުރެ ގިނަ ދުވަސްވީ މަގުބަރާއެއް ހޯދައިފިއެވެ.
މި މަގުބަރާގައި ވަޅުލާފައިވަނީ މިސްރުގެ ކުރީގެ ފާދިރީ އަކާއި އޭނާގެ އާއިލާ ކަމަށް ބެލެވޭކަމަށް އެގައުމުގެ އާކިއޮލޮޖިސްތުން ވަނީ ބުނެފައެވެ.
މިސްރުގެ އާކިއޮލޮޖިސްޓުންނަސް މި މަގުބަރާ ފެނުނީ ނީލަކޯރުގެ ކައިރިންނެވެ.
މަގުބަރާގައި ވަޅުލާފައިވާ، ފާދިރީގެ ހަށިގަނޑުގެ ގުނަވަންތައް އަޅާފައިވާ ފުޅިއެއް ކަހަލަ އެއްޗެހިތަކެއްވެސް ވަނީ ފެނިފައެވެ. އަދިއެއާއިލާއަށް ނިސްބަތްވާ ގިނަ ސާމާނުވެސް މަގުބަރާއިން ވަނީ ފެނިފައެވެ.
މިއީ އީސާގެފާނުގެ 1500 އަށްވުރެ ގިނަ އަހަރު ކުރީގެ މަގުބަރާއެއް ކަމަށް ބެލެވޭކަމަށް މިސްރުގެ ކަމާބެހޭ ފަރާތުން ވަނީ ބުނެފައެވެ.
މި މަގުބަރާއިން ފާދިރީގެ ސަންދޯކުގެ އިތުރުން އިތުރު އެހެން ސަންދޯކެއްވެސް ވަނީ ފެނިފައެވެ.
މިސްރުން ފެންނަ މިފަދަ ދުވަސްވީ ސަންދޯކާއި މަމީސްތަކަށް ދުނިޔޭގެ ސަމާލުކަން ހޯދުމަށް އެގައުމުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.