26 Nov 2018, 10:16
އައިޖީއެމްއެޗްގައި ވޭޖް އެމްޕްލޯއިމަންޓް އުސޫލުން މަސައްކަތްކުރުމަށް 20 ނަރުހުން ހޯދަން އިއުލާންކޮށްފި އެވެ.
އައިޖީއެމްއެޗުން މިއަދުކުރި އިއުލާނުގައި ބުނީ ވޭޖްއެމްޕްލޯއިމަންޓް އުސޫލުން މަސައްކަތްކުރާ ނަރުހުން ދުވާލަކު އަށް ގަޑިިއިރު، ހަފްތާއަކު ފަސްދުވަހު މަސައްކަތްކުރަންޖެހޭނެ ކަމަށެވެ.
އަދި މުސާރަ ކަނޑައެޅޭނީ މަސައްކަތްކުރާ ގަޑިއަށް ބެލުމަށް ފަހު ކަމަށް ވެސް އެ ހޮސްޕިޓަލުންކުރި އިއުލާނުގައި ވަނީ ބުނެފަ އެވެ.
އެ އިއުލާނުގައި ބުނީ ވަޒީފާގެ ޝަރުތުތަކީ މޯލްޑިވްސް ނާސިން އެންޑް މިޑްވައިފްރީ ކައުންސިލް ގަބޫލްކުރާ ނާސިން ދާއިރާއިން ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް ފަހެއް ނުވަތަ ހައެއްގެ ސަނަދެއް ހާސިލްކޮށްފައިވުން ކަމަށެވެ.
މަގާމަށް ކުރިމަތިލާ މީހުން އަންނަ މަހުގެ ދޭއްގެ 13:00ގެ ކުރިން ވަޒީފާއަށް އެދޭ ފޯމު އައިޖީއެމްއެޗްގެ ހިއުމަން ރިސޯސަސް ޑިޕާޓްމަންޓަށް ހުށައަޅަންޖެހެ އެވެ.