ސްޓާ ޕްލަސްއިން ދައްކަމުން އަންނަ ޑްރާމާ ސިލްސިލާ "ކަސޯޓީ ޒިންދަގީ ކޭ"ގެ ކޮމަލިކާ ރޯލުން ފެނިގެންދާ ބަތަލާ ހީނާ ޚާން ބޮލީވުޑުގައި ވެސް މަސައްކަތްކުރުމަށް ނިންމައިފިއެވެ.

ހީނާ ވަރަށް އަވަހަށް ފިލްމެއްގެ މަސައްކަތެއް ކުރަން ފަށާނެ ކަމަށާއި އެ ފިލްމުގައި އޭނާ ކުޅޭ ރޯލަކީ ވަރަށް މިނިވަން އަންހެނެއްގެ ރޯލުކަމަށް ޚަބަރުތައް ބުނެއެވެ.

އެ ފިލްމުގެ ނަމެއް އަދި ހާމަކޮށްފައިނުވާއިރު އެ ފިލްމަށް ހީނާއަށް ފުރުސަތު ދިން އިރު އެ ފިލްމުގައި ކުރީގެ މަޝްހޫރު ތަރި ފަރީދާ ޖަލާލު ވެސް ފެނިގެންދާނެކަމަށް ވެސް ހަބަރުތައް ބުނެއެވެ.

ހުސެއިން ހާން ޑައިރެކްޓްކޮށް އުފައްދާ އެ ފިލްމުގެ ރޯލުކުޅުމަށް ހީނާ ވަނީ ސައިކަލުވެސް ދުއްވަން ދަސްކޮށްފައެވެ.

ހީނާ ބުނީ އެ ފިލްމުގެ މަސައްކަތްކުރި ނަމަވެސް "ކަސޯޓީ"އިން އޭނާ ނުގެއްލޭނެކަމަށެވެ.

އޭނާ ވަނީ ދާދިފަހުން ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައެވެ.