ސައުތް އިންޑިއާގެ މަގްބޫލު އެކްޓަރު އެމްއެޗް އަމްބަރީޝް މަރުވެއްޖެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި އޭނާ މަރުވީ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް އިއްޔެގެ ވަގުތެއްގައެވެ. އޭނާ ހޮސްޕިޓަލަށް ގެނައީ ނޭވާލުމަށް ދަތިތަކެއް ވާތީ ކަމަށާއި މަރުވީ ހާޓްއެޓޭކެއްޖެހި ފަރުވާކުރަމުންދަނިކޮށް ކަމަށް އޭނާ ބެއްލެވި ޑަކްޓަރާ ހަވާލާދީ ބޭރުގެ ރިޕޯޓްތައް ބުނެއެވެ.

އޭނާ މަރުވީ އުމުރުން 66 އަހަރުގައެވެ.

އަމްބަރީޝް ވަނީ 200އަށް ވުރެ ގިނަ ފިލްމުކުޅެފައެވެ. އޭގެ ތެރޭގައި އަމްބަރީޝާ، އަންތާ، ޑްރާމާ، ބުލް ބުލް ފަދަ މަޝްހޫރު ފިލްމުތައް ހިމެނެއެވެ.

އޭނާ މަރުވިއިރު ދުނިޔޭގައި އަންހެންނުނާއި ދަރިއަކު އެބަހުއްޓެވެ.