ކައިވެންޏަކަށް ތައްޔާރުކަމަށާއި އަވަސް މުސްތަގްބަލެއްގައި ކައިވެނިކުރާނެ ކަމަށް ބޮލީވުޑްގެ ބަތަލު އަރްޖުން ކަޕޫރު ބުނެފިއެވެ.

ސްޓާވޯލްޑްއިން ގެނެސްދެމުން އަންނަ ޝޯ، "ކޮފީ ވިތު ކަރަން"ގައި ކަރަންކުރި ސުވާލަކަށް ޖަވާބު ދެމުން އަރްޖުން ބުނީ އޭނާގެ ދިރިއުޅުމުގައި ގިނަ ކަންތައްތަކެއް ތަހައްމަލުކޮށްފައިވާ ކަމަށާއި ރީތި ދިރިއުޅުމެއް އުޅެން އެނގޭނެ ކަމަށެވެ. މިވަގުތު ހުރީ ހުސްކޮށް ނޫން ކަމަށާއި ކައިވެނިކުރުމަށް ތައްޔާރުކަމަށް ވެސް އޭނާ ބުންޏެވެ.

ބޭރުގެ ބައެއް ރިޕޯޓްތަކުގައި ބުނީ އަރްޖުން ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ނެށުންތެރިޔާ، މޮޑެލް އަދި ޕްރެޒެންޓަރު މަލައިކާ އަރޯރާ އާ ކަމަށެވެ.

ޚަބަރުތައް ބުނާގޮތުގައި ކައިވެންޏަށް ފަހު ދިރިއުޅޭނެ ފްލެޓެއްވެސް ދެ މީހުން ހިއްސާވާ ގޮތަށް މުމްބާއިން ވަނީ މިހާރު ގަނެފައެވެ. މުމްބާއީގެ ލޯކަންދްވާލާ ކޮމްޕްލެކްސްއިން ގަތް އެ ފްލެޓްގެ އިންޓީރިއާ ހެދުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް ދެތަރިން ބުންޏެވެ.

މަލައިކާ 45، އާއި އަރްޖުން 33،ގެ ކައިވެނި އަންނަ އޭޕްރިލް މަހު ކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

މަލައިކާ އަކީ ސަލްމާން ހާންގެ ކޮއްކޮ އަރްބާޒް ހާންގެ ކުރީގެ އަންހެނުންނެވެ. އެދެމީހުންގެ ކައިވެންޏަށް ވަނީ ދަރިއެއް ވެސް ލިބިފައެވެ. އަރްބާޒްއާއި އަރޯރާގެ ކައިވެނި ރޫޅުނީ 2015 ވަނަ އަހަރުގައެވެ.