25 Nov 2018, 19:34
ކްލިނިކްތަކުގެ އިސްވެރިންނާ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ބައްދަލު ކުރައްވައިފިއެވެ.
މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި މިބައްދަަލުވުމުގައި 40 ކްލިނިކެއްގެ ވެރިން ބައިވެރިވިކަމަށް ހެލްތު މިނިސްޓްރީ އިން ބުނެއެެވެ.
މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީން ވަނީ ސިއްހީ ދާއިރާ ކުރިއެރުވުމަށް ޕްރައިވެޓް ސެކްޓާ އިން ކުރަމުންދާ މަސައްކަތް ފާހަގަ ކުރައްވައިފައެވެ.

ކްލިނިކްތައް ހިންގުމުގައި މިހާރު ދިމާވާ މައްސަލަތައް އޮޅުންފިލުއްވާ، އެ މައްސަލަތައް ހައްލުކުރުމާއި ގުޅޭ ގޮތުން ބައްދަލުުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ.
އެގޮތުން ޕޮލިސީތައް އެކަށައެޅުމުގައި ޕްރައިވެޓް ސެކްޓާގެ ޚިޔާލުތައް ހިމަނައި ޑޮކްޓަރުން ރަޖިސްޓްރީ ކުރުމުގައި ހުރި ދަތިތަކާއި، މެޑިކަލް އިކުޕްމަންޓް އެތެރެ ކުރުމުގެ ހުރި ދަތިތަކާއި، އާ ޚިދުމަތްތަކަށް އާސަންދަ ލިބޭނެ ގޮތް ހަމަޖެއްސުމަށް ވަނީ މަޝްވަރާކޮށްފައެވެ.

ހެލްތު މިނިސްޓަރު ކްލިނިކްތަކުގެ ވެރިންނާ ބައްދަލު ކުރެއްވުން -- ފޮޓޯ: ހެލްތު މިނިސްޓްރީ
މީގެއިތުރުން ސަރުކާރުގެ ފުރަތަމަ ސަތޭކަ ދުވަހު ސިއްހީ ދާއިރާއިން ކުރުމަށް ރާވާފައިވާ މަސައްކަތްތައް ކްލިނިކްތަކުގެ ވެރިންނާ ހިއްސާކުރައްވައި، އެ މަސައްކަތްތައް ކުރުމުގައި ދެ ފަރާތުގެ ބައިވެރިވުމާއި ގުޅޭ ގޮތުން ވެސް މިނިސްޓަރު ވަނީ މަޝްވަރާކުރައްވާފައެވެ.