ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަވި ނަމަވެސް އާސަންދަ ލިބޭ ގޮތަށް ނިންމައިފި އެވެ.

އައިޑީ ކާޑަށް މުއްދަތު ހަމަވި ނަމަވެސް އާސަންދައިގެ ހިދުމަތް ލިބޭ ގޮތަށް އުސޫލު ބަދަލު ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ 100 ދުވަހުގެ ތެރޭގައި ކުރަން ނިންމާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

އާސަންދަ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ހުސްނުވާ އާސަންދަ ސްކީމުގެ ދަށުން ހިދުމަތް ހޯދާ ފަރާތުން ހުށަހަޅާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަވެފައިވީ ނަމަވެސް ކާޑަށް ހިދުމަތް ފޯރުކޮށްދޭނެ ކަމަށެވެ.

މީގެ ކުރިން އާސަންދަ ހިދުމަތްދޭ އިރު މުއްދަތު ހަމަވެފައިވާ އައިޑީ ކާޑަށް އެ ހިދުމަތެއް ނުދެ އެވެ.