25 Nov 2018, 12:55
ޓައިޕޭ (ނޮވެމްބަރު 25): އިއްޔެ ބޭއްވި ޓައިވާނުގެ ލޯކަލް އިންތިހާބުގައި ލިބިވަޑައިގެންނެވި ނާކާމިޔާބާ އެކު، ޓައިވާނުގެ ރައީސާ ޓްސައިން ވެން އެކަމަނާގެ ޕާޓީ، ޑިމޮކްރެޓިކް ޕްރޮގްރެސިވް ޕާޓީގެ ޗެއާމަންކަމުގެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
ޓްސައިގެ ޕާޓީ އަށް ވަނީ އެ ޕާޓީއަށް ކުރިން އަގުލަބިއްޔަތު އޮތް 13 މޭޔަރަކާއި އަދި ކައުންޓީ މެޖެސްޓްރޭޓުންގެ ތެރެއިން ހަތް ދާއިރާ ގެއްލިފަ އެވެ.
ޓައިވާންގެ އެންމެ ބޮޑު ދުޝްމަން ޗައިނާއިން ތުހުމަތު ކުރާގޮތުގައި އެކަމަނާގެ ޕާޓީން މަސައްކަތްކުރަނީ، ޗައިނާގެ ކިބައިން ވަކިވެ މިނިވަން ދައުލަތެއްގެ ގޮތުގައި އިއުލާންކުރުމަށް ކަމަށެވެ. އެއް ޖިންސުގެ މީހުން ކައިވެނިކުރުމަށް ޓްސައި ނިސްބަތްވާ ޕާޓީން އިސްނަގައިގެން ބޭއްވި ފެންނަ ނުފެންނަ ނުފެންނަ ވޯޓަށް ވެސް ދާދި ފަހުން ޓައިވާނުގެ ރައްޔިތުން ވަނީ ނޫނެކޭ ބުނެފަ އެވެ.
ޗައިނާ އިން ބުނީ އެ ވޯޓުން އެނގިގެން ދިޔައީ ޓައިވާނުގެ ރައްޔިތުން ޗައިނާއާ އެކު ރަނގަޅު ގުޅުމެއް ބާއްވާން ބޭނުންވާ ކަމަށެވެ.
މުރާސިލުން ބުނާ ގޮތުގައި ގިނަ މީހުން މިފަހަރު ވޯޓު ދީފައި ވަނީ އިގްތިސާދީ ބަދަލަކަށެވެ. އެގޮތުން އިދިކޮޅު ކުންމިންޓަންޓް (ކޭއެމްޓީ)ގެ ސިޔާސަތު ބައްޓަން ކޮށްފައި އޮތީ އިގްތިސާދު ހަރުދަނާކޮށް ވަޒިފާތައް އިތުރު ކުރުމަށެވެ. ކޭއެމްޓީއަކީ، ޗައިނާއާ ރަނގަޅު ގުޅުމެއް ބޭއްވުމަށް ގޮވާލަމުންދާ ޕާޓީއެއް ވެސް މެ އެވެ.
ޓްސައިއަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވަރަށް ބޮޑު ތާއީދެއް ލިބިފައިވާ ބޭކަނބަލެއް ވެސް މެ އެވެ.