އިންޑިއާގެ މަަދުޔާ ޕްރަދޭޝްގެ ކެނެލްއެއްގެ ތެރެއަށް ބަހެއް ވެއްޓި 25 ސްކޫލު ކުއްޖަކު މަރުވެއްޖެ އެވެ.

އިންޑިއާގެ އޮފިޝަލުންނާ ހަވާލާދީ އެ ގައުމުގެ މީޑިއާގެ ރިޕޯޓްތައް ބުނީ އެ ހާދިސާގައި އެ ސްކޫލު ކުދިންތައް މަރުވީ ސްކޫލު ނިންމުމަށް ފަހު އަނބުރި ގެއަށް ދިޔަ މަގުމަތީގަ އެވެ.

އެ ހާދިސާ ހިނގީ އެ ބަސް ދުއްވާފައި ދިޔަލެއް ބާރު ކަމުން ޑްރައިވަރަށް ކޮންޓްރޯލް ނުކުރެވިގެންނެވެ. އަދި މީހުން މަރުވި ބަސް ފުރޮޅާލުމުގެ ސަބަބުން ބަހުގައި ތާށިވެ ދޮރުތައް ނުހުޅުވިގެންނެވެ.

އެ ހާދިސާގައި މިހާތަނަށް ސަލާމަތްވެފައި ވަނީ އެންމެ މީހެކެވެ. އެ ފިރިހެން ކުއްޖާ ސަލާމަތްވެފައި ވަނީ ބަހުން ފުންމާލައިގެންނެވެ.

ފުލުހުންނާއި ޑައިވަރުން މިހާރު ވެސް ދަނީ މީހުން ސަލާމަތްކުރުމަށް މަސައްކަތް ކުރަމުންނެވެ.

އިންޑިއާގައި ހިނގާ އެކްސިޑެންޓްގައި އަހަރަކު 1500000 މީހުން މަރުވެ އެވެ. މިދިޔަ ޖުލައި މަހު ވެސް އެގައުމުގައި ހިނގި ބަސް އެކްސިޑެންޓްއެއްގައި 48 މީހުން ވަނީ މަރުވެފަ އެވެ.