24 Nov 2018, 12:54
އޭޑީކޭގެ ރިކްރިއޭޝަން ކްލަބް، ސިނާޖީގެ ފަރާތުން އިސްނަގައިގެން އދ. ދަނގެތީގައި މެޑިކަލް ކޭމްޕެއް ފަށައިފި އެވެ.
އޭޑީކޭ އިން ބުނީ މާދަމާގެ ނިޔަލަށް ކުރިއަށްގެންދާ އެ ކޭމްޕުގައި ހިލޭ ބަލި މީހުން ސްކީރީންކޮށް ފަރުވާދެވޭނެ ކަމަށާއި ކޭމްޕުގައި 100 އަށް ވުރެ ގިނަ މީހުން ވަނީ ބައިވެރިވެފައިވާ ކަމަށެވެ.
ކޭމްޕު ފެށުމުގެ ގޮތުން ރޭ ދަނގެތި ސްކޫލުގައި ކުޑަކުދިންނާއި ގުޅުން ހުރި ސިއްހީ މައުލޫމާތު ސެޝަނެއް ވަނީ ބާއްވައިފަ އެވެ.
އެ ސެޝަންގައި ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު ޑރ. ނިޔާފް ބައިވެރިންނަށް ވަނީ މައުލޫމާތު ހިއްސާކޮށްދެެއްވި ކަމަށް އޭޑީކޭ އިން މިއަދު ބުންޏެވެ.
މަލްޓި ސްޕެޝަލިޓީ ފަދަ ކޭމްޕުތަކަކީ އޭޑީކޭ ސިނާޖީގެ އިވެންޓް ކަލަންޑަރުގައި ހިމެނިގެން ކުރިއަށް ގެންދެވޭ މެޑިކަލް ކޭމްޕެކެވެ.
އެ މެޑިކަލް ކޭމްޕުގައި ކުޑަކުދިންނާއި އަންހެނުންނާއި ލޮލުގެ އިތުރުން ކެންސަރު ބަލީގެ ހާއްސަ ޑޮކްޓަރުން ބައިވެރިވެ އެވެ.