24 Nov 2018, 12:45
ޓްރީޓޮޕް ހޮސްޕިޓަލުގެ ހިތާނީ ކޭމްޕް ބުރާސްފަތި ދުވަހު ފަށައިފި އެވެ.
ޓްރީޓޮޕުން ބުނީ އެ ކެމްޕަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށެވެ. ޓްރީޓޮޕްގެ ހިތާނީ ޓީމުގައި އިސްކޮށް މަސައްކަތްކުރައްވަނީ ތަޖުރިބާކާރު ޑޮކްޓަރު ޑރ. އަބްދުﷲ އުބައިދު އެވެ. އެ ޓީމުގައި ގާބިލު ޑޮކްޓަރުންނާއި ނަރުހުން ހިމެނޭ ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.
ޓްރީޓޮޕް އިން ވަނީ 5000 ރުފިޔާގެ ހިތާނީ ޕެކޭޖެއް ވިއްކަން ފަށައިފަ އެވެ. އެ ޕެކޭޖުގެ ދަށުން އޮޕަރޭޝަންތަކަށް ޚާއްސަ ޑޮކްޓަރަށް އަދި އައްސިކުރާ ޑޮކްޓަރަށް ދެއްކުމާއި ޚިތާނުކުރުމަށް ކުރަން ޖެހޭ ތަހުލީލުތައް ކުރުން، ހިތާނުކުރުމަށް ކުރެވޭ ބޭސްފަރުވާ އާއި ޑޭކެއާ ޔުނިޓުގައި ބޭއްވުން، ލުއި ކެއުމެއް އަދި ގޭއަށް ދޫކޮށްލުމަށް ފަހު ޑޮކްޓަރަށް ދައްކަން ހަދާ ފުރަތަމަ ކޮންސަލްޓޭޝަން ހިމެނެ އެވެ.