24 Nov 2018, 12:24
ޗުއްޓީ ދުވަސްވަރަކީ ގިނަ އަދަދެއްގެ ބަޔަކު ރާއްޖެއިން ބޭރަށާއި ރާއްޖެ ތެރެއަށް ދާ ދުވަސްވަރަކަށް ވާތީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ ފަސިންޖަރުން ވީހާވެސް އަވަހަށް ޗެކް އިން ކުރުމަށް އެދެފި އެވެ.
އެމްއޭސީއެލް އިން ކުރި ޓްވީޓެއްގައި ބުނީ ވެލާނާ އިންޓަނޭޝަނަލް އިން ދަތުރުކުރާ އިންޓަނޭޝަނަލް ފަސިންޖަރުންނާއި ޑޮމެސްޓިކް ފްލައިޓުތަކުގައި ދަތުރުކުރާ ފަސިންޖަރުން އެންމެ ފަހު ވަގުތު ޗެކް އިން އަށް މަޑުނުކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.
"ދިގު ކިއުތަކުން ސަލާމަތްވުމަށް އެންމެ ފަހުވަގުތަށް ޗެކްއިން ލަސްނުކުރުމަށް އިލްތިމާސްކުރަން،"
For those who are travelling through International & Domestic Terminal@VelanaAirport, we advise you to do early check-in to avoid long queues and possible delays
Happy holidays everyonepic.twitter.com/hjNxXE1mda— MACL (@MACLmedia)November 23, 2018
ބޮޑު ޗުއްޓީ ދުވަސްވަރަކީ ގިނަ ބަޔަކު ޗުއްޓީ އަށާއި ބޭސް ފަރުވާ އަށް ފުރާ ދުވަސްވަރެކެވެ. ގިނަ ޑޮމެސްޓިކް އެއާޕޯޓުތައް މިހާރު ހިންގަމުންދާ އިރު އެތެރޭގެ އުދުހުންތަކުގެ ޑިމާންޑު ވެސް ވަނީ ބޮޑުވެފަ އެވެ.